ލޯކަލް ކައުސިލް އިންތިހާބުގައި ރަަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން މީގެ ކުރިން ރެޖިސްޓްރީ ކޮށްފައިވާ ތަން ތަން ބަދަލުވެފައިވާނަމަ އަލުން ރެޖިސްޓްރީކުރަން ފުރުސަތު ހުޅުވާލައިފި އެވެ.

މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ގޮތަށް އޮތީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. ނަމަވެސް ކޯޓުންް ކުރި ހުކުމަކާ ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހަށް އިންތިހާބު ވަނީ ފަސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އޭރު ވޯޓުލާން ރެޖިސްޓްރީވި ތަނަށް ވޯޓު ނުލެވޭނެ ނަމަ ނުވަތަ ތަން ބަދަލުވާނަމަ އަލުން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ފެށޭ މަހު ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާ ކަމަށެވެ.

އިންތިހާބުގައި 400 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެތެރޭގައި ރިސޯޓުތަކާއި ސިނާއި މަސައްކަތަ ކުރާ ރަށްރަށާއި ޖަލުތައް ވެސް ހިމެނެ އެވެ.