05 Mar 2017, 10:39
ބޮޑުތަކުރުފާނުމަގަށް މޯލްޑިވްސް ގޭސްގެ ޕިކަޕަކުން ލީކްވީ މެޑިކަލް އޮކްސިޖަން ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނީގެ ޕިކަޕަކުން ރޭ މަގުމައްޗަށް ލީކްވީ ގޭސް ނޫން ކަމަށާއި އެއީ މެޑިކަލް އޮކްސިޖަން ކަމަށެވެ.
"އެއީ ނުރައްކާ ގޭހެއް ނޫން، އަލިފާނުގެ ހާދިސާއެއް ނުހިނގާނެ، އެއީ މެޑިކަލް ގޭސް" އޮފިޝަލް ވިދާޅުވިއެވެ.
ރޭ 10:45 ކަންހާއިރު މޯލްޑިވްސް ގޭސްގެ ޕިކަޕެއްގައި އުފުލި ގޭސް ފުޅިއަކުން ބާރު އަޑުފަށްގަނޑަކާއެކު ދެ ފަހަރެއްގެ މަތިން ވަނީ މަގަށް "ގޭސް" ކަމަށް ބެލެވޭ އެއްޗެއް ލީކްވެފައެވެ.