ހަނިމާދޫ ބެއާފުޓް އެކޯގައި ޗުއްޓީ ހޭދަކުރަމުންދިތަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި ގެނބިގެން މަރުވެފައި ވަނީ 85 އަހަރުގެ އިޓަލީ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ހަނިމާދޫގައި ގެނބިގެން ފަތުރުވެރިއަކު މަރުވި މައްސަލަ އިއްޔެ މެންދުރެއްހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

ގެނބިގެން ޓޫރިސްޓަކު މަރުވެފައިވާ އިރު ފުވައްމުލަކު ކައިރިއަށް ފީނި ޓޫރިސްޓަކު ގެއްލިގެން މިހާރު ވެސް ދަނީ ހޯދަމުންނެވެ.