ރާއްޖޭގެ ޓޫރިޒް ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ކަނދޮޅުދޫ އަހުމަދު ވަހީދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވަހީދު އަވަހާރަވީ ބޮލުގައި ރިއްސާ ކަމަށް ވިދާޅުވެ، ދެ ދުވަހެއްވަންދެން އޮފީހަށް ނުނުކުންނަވާއި ހުންނެވުމަށް ފަހު މިއަދު ހެނދުނު އެވެ.

ވަހީދަކީ ރ. އަތޮޅު އިފުރު އެއާޕޯޓް ހިންގާ އިފުރު އިންވެސްޓްމަންޓްގެ އެއްް ޑިރެކްޓަރެވެ. އަދި އޭނާގެ ރިސޯޓެއް ރ. އަތޮޅުގައި އޮޕަރޭޓް ކުރެ އެވެ.

ވަހީދަކީ ޔުނިވަސަލް އެންޓަޕްރައިސަސްގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެ ކުންފުނީގެ އެޑްވައިޒަރެކެވެ.

ވަހީދު އަވަހާރަވި އިރު ދެ އަނބިކަނބަލުންނާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

ވަހީދު އަވަހާރަވި އިރު، ރ. އަތޮޅު ދުވާފަރުގައި، އޭނާގެ ބައްޕަގެ ހަނދާނުގައި ގެންދެވީ ގިނަ ހަރަކާތްތަކެއް ހިންގަވަމުންނެވެ. އޭގެ ތެރޭގައި އެ ރަށުގައި ފަތާފެންގަނޑެއް ހެއްދެވުމާއި ކުޑަ ކުދިން ކުޅޭނެ ޕާކެއް ހެއްދެވުމުގެ މަސައްކަތް ހިމެނެ އެވެ.