31 Mar 2017, 11:03
މިދިޔަ ހޯމަ ދުވަހުން ފެށިގެން ލ. ފޮނަދޫން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބިދޭސީ މީހާ ގަސްދުގައި މަރާލާފައިވާކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ 12:45 އެހައިކަންހާއިރު ފޮނަދޫ ގޮނޑުދޮށުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަދި އެމީހަކީ މީގެ ދެދުވަސްކުރިން ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއްކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުންހުންގެ މީޑީޔާ އޮފިސަރު މިއަދު ވިދާޅުވީ، އިއްޔެ ފެނުނު ބިދެސީ މީހާގެ މަރަކީ އާދައިގެ މަރެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި ބެލެވެނީ ގަސްދުގައި މަރާލާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އެ މައްސަލައިގައި އެގޮތަށް ތުހުމަތު ކުރެވޭތީ މާލެއިން، ސީރިއަސް އެންޑް އޮގަންއިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ބައެއް އޮފިސަރުން ފޮނަދުއަށް ގޮސް އެކޮޅުގައި ތިބި ފުލުހުންނާއި ގުޅިގެން ފުޅާދާއިރާއެއްގައި ތަހުގީގު ފަށާފައިވާ ކަމަށެވެ.