ގާބުރިއަކުން ޖަހައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.

ގާބުރިއަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަލާލީ މިމަހުގެ 19 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެ މީހާގެ އިތުރު ވަނަވަރެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ ގާބުރިއަކުން ޖެހުމުން ތަޅައިގެންގޮސްފައި ވަނީ ރައީސް އޮފީހުގެ ދެކުނު ފަރާތު، މައި ދޮރާއްޓާ ދިމާލުން ކުޑަ ދޮރެއް ކަމަށާއި އެކަން ކުރި މީހާ އެކަން ކުރީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.