03 Apr 2017, 23:58
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކ. އަތޮޅު ބުރުގައި ހިންމަފުށި ބަލިކޮށް ދިއްފުށީ ޓީމުން އެ މުބާރާތުގެ ފައިނަލަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.
ދިއްފުށިން މި މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ގުރައިދޫ ދަނޑުގައި ކުޅުނު މިމެޗުގައި ދިއްފުށިން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދިއްފުށްޓަށް ގޯލް ޖަހައިދީ ލީޑު ހޯދައިދިނީ ޝަމީމް މުހައްމަދެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗުގެ 42 ވަނަ މިނިޓްގައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ދިއްފުށްޓަށް ލީޑު ފުޅާ ކޮށްދިނީ މުހައްމަދު އިޖުލާލެވެ. އޭނާ މި ލަނޑު ޖެހީ 60 ވަނަ މިނިޓްގައެވެ. މެޗު ނިމިގެންދިޔައީ މިނަތީޖާއާއެކުއެވެ.
ކ. އޮތޮޅު ބުރުގައި ފަސް ޓީމު ބައިވެރިވި އިރު މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާ އެކު ގުރައިދޫއެވެ. ދިއްފުށްޓަށް ލިބެނީ 3 ޕޮއިންޓާއި އެކު ދެވަނައެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ކ. އަތޮޅު ބުރުގެ ފައިނަލުގައި، ވާދަކުރާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.
މި އަތޮޅުގެ ބުރުގައި އަންނަ ބުދަ ދުވަހު ވާދަކުރާނީ ގުޅީއާ މާފުއްޓެވެ.