09 Apr 2017, 09:09
ވިލާކޮލެޖުން މަތީ ތައުލީމް ހާސިލްކުރި 469 ދަރިވަރުކު ދަސްވެނިވިއްޖެ އެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ދަސްވެނިވުމުގައި ރަސްމިއްޔާތުގެ ހެނދުނު ދަންފަޅީގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 72 ދަރިވަރަކު، ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 103 ދަރިވަރަކު، ބެޗްލާ އޮފް އެކައުންޓިން އިން 54 ދަރިވަރަކު، ބެޗްލާ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓުން 34 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ދަސްވެ ނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަދި މީގެ އިތުރަށް މާސްޓާސް އޮފް އެޑިއުކޭޝަނުން 22 ދަރިވަރަކު، ބެޗްލާ އޮފް އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން އިން 15 ދަރިވަރަކު، ބެޗްލާ އޮފް އެޑިއުކޭޝަން މެތަމެޓީކްސް އިން ހަތަރު ދަރިވަރަކު، ބެޗްލާ އޮފް އެޑިއުކޭޝަން ޓީޗިން އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖުން 19 ދަރިވަރަކު، މާސްޓާސް އޮފް އިންފޮމޭޝަން ޓެކްނޮލެޖީން އެއް ދަރިވަރު އަދި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން 18 ދަރިވަރަކު ވެސް ވަނީ ހެނދުނު ދަންފަޅީގައި ދަސްވެނިވެފަ އެވެ.
ހެނދުނު ދަންފަޅީގައި ޖުމްލަ 341 ދަރިވަރަކު ދަސްވެނިވެފައިވާ އިރު ރޭގަނޑު ދަންފަޅީގައި 128 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
މާސްޓާސް އޮފް ޝަރިއްޔާ އިން 48 ދަރިވަރަކު، ބެޗްލާސް އެންޑް ޝަރިއްޔާ އިން 38 ދަރިވަރަކު، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ރިސާޗް ސްްޓަޑީސް އިން ތިން ދަރިވަރަކު، ޑިޕްލޮމާ އިން ޕަބްލިކް ހެލްތުން 21 ދަރިވަރަކު، ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް އިން ރިސާޗް ސްްޓަޑީސް އިން 2 ދަރިވަރަކު، އަދި ބެޗްލާ އޮފް ޓީޗިންގް ޕްރައިމަރީ އިން 16 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ދަސްވެ ނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ޤާސިމް އިބްރާހީމް އެވޯޑް ފޮ އެކްސެލެންސް" އެވޯޑް އެކޮލެޖުގެ ޖުމްލަ 10 ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ މިއަދު ދަސްވެނިވި ދަރިވަރުންނަކީ ގައުމަށް އަގުހުރި ހިދުމަތް ކޮށްދޭނެ ދަރިވްރުންތަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށާއި، އެކުދިންނަށް ލިބުުނު ތައުލީމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ދަރިވަރުންގެ ފަރާތުން އުންމީދުކުރާ ކަމަށެވެ.