ޤަތަރުގެ އުރީދޫ ގްރޫޕުން ރާއްޖޭގައި 194 މިލިޔަނެއްހާ ޑޮލަރު އިންވެސްޓްކޮށްގެން 2014 ވަނަ އަހަރު ފެށި އުރީދޫ މޯލްޑިވްސްް (އޭރުގެ ވަތަނިއްޔާ) ބޮޑުވެ ފުޅާވެ ގޮސް، 2016 ވަނަ އަހަރު އައި އިރު އޮތީ އާންމުންނާ ހަމައަށް ކުންފުނި ހުޅުވާލާ ހިސާބަށް އައިސްފަ އެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުވެ، މިދިޔަ ހަފްތާގައި އުރީދޫއިން ވަނީ އެކުންފުނީގެ 40 ޕަސަންޓުގެ ހިއްސާދާރުންނަށް އެވެ.

ހިއްސާއެއް 30 ރުފިޔާއަށް ވާ ގޮތަށް އުރީދޫ މޯލްޑިވްސްގެ 40 ޕަސަންޓު ހިއްސާ މި މަހުގެ 30 ވަނަ ދުވަހު ވިއްކަން ފަށަނީ، އުރީދޫއިން ބުނާ ގޮތުގައި، އެކުންފުނީގެ ދަތުރާއި ކާމިޔާބުގައި އާންމު ރައްޔިތުން ބައިވެރިކުރުމަށެވެ.

"ބައެއް ފަރާތްތަކުން އަޅުގަނޑު ކައިރީގައި ބުނި ކުދި ކުދި ކުންފުނިތަކުގެ ހިއްސާގެ އަގު މާ ބޮޑުކޮށް ވިއްކާ އިރު، އުރީދޫ ކަހަލަ ބޮޑު ކުންފުންޏެއްގެ ހިއްސާއެއް 30 ރުފިޔާ ވީމަ ހާދަ އަގު ހެވޭ. އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ އައިޕީއޯގެ މައިގަނޑު މަގުސަދަކީ އުރީދޫގެ ކުރިއެރުމުގެ ދަތުރުގައި ހުރިހާ ދިވެހީންނަށް ވެސް ފުރުސަތު ދިނުން،" އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އޭޕްރީލް 18، 2017: އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ރަސްމީކޮށް ލޯންޗުކޮށް، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ ޚިދުމަތް އޭޝިއާގެ ފަސް ގައުމު، މެދުއިރުމަތީގެ ފަސް ގައުމު އަދި އުތުރު އެފްރިކާގެ ދެ ގައުމެއްގައިދެ އެވެ. އުރީދޫ މޯލްޑިވްސްއަކީ މީގެ ތެރޭގައި، އެންމެ ވެ. އުރީދޫ މޯލްޑިވްސް އަށް ލިބެމުން އަންނަ އާމްދަނީއަށް ބެލިއަސް މިކަން ހާމަވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު 702 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދި އުރީދޫ މޯލްޑިވްސްއަށް 2016 ވަނަ އަހަރު 1.6 މިލިޔަން ރުފިޔާގެ އާމްދަނީ ލިބުނެވެ. އުރީދޫ މޯލްޑިވްސްގެ ބިޒްނަސް ޕްލޭނުތަކާއި ފޯކާސްޓުތަކަށް ބަލާއިރު ކުރިޔަށް އޮތް އަހަރުތަކުގައި ވެސް އެކުންފުނި ދާނީ ކުރިއަރަމުންނެވެ.

އަދި ރާއްޖޭގެ ޓެލެކޮމް މާކެޓުގެ 40 ޕަސެންޓް ހިއްސާކުރަނީ އުރީދޫ އެވެ.

އުރީދޫގެ ޕްރޮސްޕެކްޓަސް އިއުލާންކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ ދިވެހީންނަށް ބައިވެރިވެވޭ ފަދަ ގޮތްތަކަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތައް ރާއްޖޭގައި ތަރައްގީކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން، އުރީދޫގެ ހިއްސާ ވިއްކުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަޒީމާ ވިދާޅުވި އެވެ.

އޭޕްރީލް 18، 2017: އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ރަސްމީކޮށް ލޯންޗުކޮށް، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ ދިވެހި ރައްޔިތުންގެ އިންވެސްޓްމެންޓް ޑައިވާސިފައިކޮށް، މުސްތަގުބަލަށް ސޭވިންގްސް ރައްކާތެރިކުރެވޭނެ ރަނގަޅު ފުރުސަތެއް،" ޑރ. އަޒީމާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ސިންހަ ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ފައިސާ ރައްކާކުރުމުގެ ސަގާފަތް އަށަގަންނަވާނެ ގޮތަކާ މެދު ސަރުކާރުގެ މާލީ ދާއިރާގެ ބައެއް ބޭފުޅުން އަބަދު ވެސް ވާހަކަ ދައްކަވާ ކަމަށެވެ.

"މި ސަގާފަތް އަށަގެންނެވުމަށް އުރީދޫގެ ފަރާތުން ކުރާ މަސައްކަތެއް މިއީ. މިއީ ޒުވާނުންނަށް ފައިސާ އިންވެސްޓް ކުރުމަށް ރަނގަޅު ގޮތެއް،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫގެ ހިއްސާ ވިއްކަން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 30 ވަނަ ދުވަހު އެވެ. ހިއްސާއެއްގެ އަގަކީ 30 ރުފިޔާ އެވެ. އަދި ކޮންމެ މީހަކު ވެސް މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 1،500 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

އުރީދޫ މޯލްޑިވްސްއިން ރާވާފައި ވަނީ ހިއްސާ ވިއްކައިގެން 1.77 ބިލިޔަން ރުފިޔާގެ ރައުސުލްމާލެއް ރެއިޒްކުރުމަށެވެ.