ރެއިންބޯ އެލްމިނިއަމް އިން ހުޅުމާލޭގައި ހިންގާ ފެކްޓަރީގެ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހަރަކާތެއް ގޮތަށް ހުޅުމާލޭގެ ތިން ވަނަ ބަސް ސްޓޮޕް ކައިރީގައެވެ. އެ ހަރަކާތުގައި ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު ދީ، ފްލައިއާސް އާއި ލީފްލެޓް ބަހާފައިވެއެވެ.

ހުޅުމާލޭގައި ރެއިންބޯ އެލްމިނިއަމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ: އިހުތިޝާމް މުހައްމަދު

"ސަން" އަށް މައުލޫމާތު ދެއްވަމުން ރެއިންބޯ އެލްމިނިއަމްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ތައުފީގް ވިދާޅުވީ، އެ ޕްރޮމޯޝަނުގެ ދަށުން ރެއިންބޯ އެލްމިނިއަމްގެ ހުރިހާ ޕްރޮޑަކްޓްތަކަށްވެސް 15 ޕަސެންޓު ޑިސްކައުންޓް ދޭން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުން ފެށިގެން އެމަހުގެ ނިޔަލަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕްރޮމޯޝަނަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު،" ތައުފީގް ވިދާޅުވިއެވެ.

ހުޅުމާލޭގައި ރެއިންބޯ އެލްމިނިއަމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ: އިހުތިޝާމް މުހައްމަދު

އޭނާ ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ހަރަކާތުގައި ބޮޑަށް ފޯކަސް ކުރީ އެ ކުންފުނީގެ ފެކްޓްރީގެ ޚިދުމަތް ފަށާތީ މީހުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ.

ރެއިންބޯގެ ހުޅުމާލެ ފެކްޓްރީ ހުންނަނީ މިދިލި މަގު، އެސްޓީއޯ ގުދަން ކައިރީގައެވެ.