04 May 2017, 18:40
އަމިއްލަައަށް މަރުވާ މީހުންނާއި ދަންޖެހިގެން މަރުވާ މީހުންގެ ހަބަރުތައް ގެނެސްދިނުމުގައި މީޑިއާތަކުން ސަމާލުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު ސޮއި ކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް އަމިއްލައަށް މަރުވާ މައްސަލަތަކާއި އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ކަންކަމުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް މީޑިއާތަކުން ގެނެސްދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތަށް ގެނެސްދޭ މައުލޫމާތުތަކުގެ ސަބަބުން އަމިލައަށް މަރުވުމާއި، އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށް ހޯމް މިނިސްޓަރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ދިރިއުޅުމުގައި ދިމާވާ މާޔޫސްވާކަހަލަ މައްސަލަތަކާ ދިމާވުމުން "ޓެސްޓްކޮށްލަން" އަމިއްލައަށް މަރުވާން މީހުން މަސައްކަތް ކުރާ ކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެފަދަ ހަބަރުތައް ގެނެސްދޭއިރު ވީހާވެސް ބޮޑަށް ތަފްސީލު ނުގެނެސް ދިނުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.