އެންވައިރުމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އިއްޒަތު ވަހީދު މަގާމުން ވަކިކޮށްފި އެވެ.

ވޮލީ ބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް ކަން ކޮށްފައިވާ އިއްޒަތު ކޯޑިނޭޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އިއްޒަތު މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އިއްޒަތު ވަކިކުރި ސަބަބެއް ކަމަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރުކޮށްދީފައި ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިއްޒަތުގެ ބައްޕަ ކެމްޕޭން ކުރުމުންނެވެ. ނަމަވެސް އެ ކެމްޕޭނުގައި އިއްޒަތު ވަނީ ޕީޕީއެމް ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދީފައެވެ.

އިއްތަޒު ވަކިކުރި ނަމަވެސް ފަރެސްމާތޮޑާ ރަށު ކައުންސިލުގެ ތިން ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ ޕީޕީއެމުންނެވެ. އެ ރަށުގެ ކުރީގެ ކައުންސިލަކީ އެމްޑީޕީއަށް މެޖޯރިޓީ އޮތް ކައުންސިލެކެވެ.