ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން އަލީ ހާލިދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު، މަގާމުން ވަކިކޮށްފި އެވެ.

އެކަން އިއުލާންކުރެއްވީ ޕްރައިވަޓަޒައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ވެމްކޯގެ ބޯޑުން އަލީ ހާލިދު ވަކި ކުރެއްވި އިރު، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުން ވެސް ކުއްލި ގޮތަކަށް މިދިޔަ ހަފްތާގައި އޭނާ ވަނީ ވަކިކޮށްފައެވެ.