20 May 2017, 23:16
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އެންބަސީ ގުޅިގެން މާހެފުމެއް ބާއްވައިފި އެވެ.
އެ މާހެފުން އިންތިޒާމުކޮށްފައި ވަނީ މެލޭޝިއާގައި އުޅޭ ދިވެހިންނެވެ. ރޯދަމަސް ގާތްވަމުން އަންނަ އިރު، އަވައްޓެރި ގައުމުތަކުގައި ތިބޭ ރާއްޖޭގެ އެމްބަސީތަކުގައި ވަނީ މާހެފުންތައް ބާއްވާފަ އެވެ.

މެލޭޝިއާގައި ދިވެހިން ބޭއްވި މާހެފުމުގެ ތެރެއިން --- ފޮޓޯ/ އެމްބަސީ
މާހެފުމާ ގުޅޭ ގޮތުން މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފަހުމީ ވިދާޅުވީ، އެފަދަ މާހެފުމެއް ބޭއްވި ކަމަށްޓަކައި އެކަން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މާހެފުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ވެސް ބައިވެރިވިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، މާހެފުމުގެ ސަބަބުން ގިނަ ދިވެހިންތަކަކާ ބައްދަލުވެލައި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

މެލޭޝިއާގައި ދިވެހިން ބޭއްވި މާހެފުމުގެ ތެރެއިން --- ފޮޓޯ/ އެމްބަސީ