31 May 2017, 12:58
މާލޭގެ ހުރިހާ މިސްކިތެއްގައި ރޯދަ ވިއްލުމަށްޓަކައި ސައުދީ އެމްބަސީގެ ފަރާތުން މިސްކިތްތަކަށް ކަދުރު ހަދިޔާކޮށްފިއެވެ.
ސައުދީ އެމްބަސީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭގޮތަށް. މިސްކިތަކަކަށް ދެ ކޭސް ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ.
އަދި އަތޮޅުތެރޭ ބައެއް ރަށްރަށަށް ވެސް ކަދުރު ފޮނުވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސައުދީންނާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރުގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބެހުމަށް ވަނީ ސައުދީ ނިންމާފައެވެ.