03 Jun 2017, 00:30
ހުޅުމާލޭގައި ހިލަ ބަރުކޮށްގެން ދިޔަ ލޮރީއެއް ފުރޮޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 22:30 ހާއިރު އެވެ. އަދި ހާދިސާގައި ލޮރީ ދުއްވަން އިން ޑްރައިވަރަށް އެކި ވަރުގެ ހާނިކަ ވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"ސީރިއަސްއެއް ނޫން. ކުދި ކުދި ހާނިކަ ވެފަ ހުރީ. ފުލުހުން ދަނީ އެ ސަރަހައްދުގެ މަގު ހުސް ކުރުމުގެ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ ލޮރީ ފުރޮޅާލީ ހުޅުމާލޭގެ ރީތި ގަސް މަގުން ބޮޑު ހިލަ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ. އަދި ފުރޮޅާލުމާ ގުޅިގެން މަގުމައްޗަށް ހިލަ އެޅިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.