ފުރަތަމަ ދަރިފުޅު ތައިމުރަށް ބަލިވެއިން ހިސާބުން ފެށިގެން، މިދިޔަ ޑިސެމްބަރުގައި ދަރިފުޅު ވިހެއުމާ ހަމައަށް، ބަތަލާ ކަރީނާ ކަޕޫރުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި ނަމަވެސް، ތިން މަސް ދުވަހުން އޭނާގެ ބަރުދަން ވަރަށް ބޮޑަށް ލުއި ކޮށްލައިފިއެވެ.

ކަރީނާ ޖިމަށް ދާން ފެށީ ދަރިފުޅު ވިހޭތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ. އޭގެ ފަހުން ފާއިތުވި ތިން މަސް ދުވަސް ތެރޭ ކަރީނާ މިވަނީ 16 ކިލޯ ލުއިކޮށްލައިފައެވެ.

ގަވާއިދުން ޖިމަށް ދިއުމުގެ އިތުރުން ކަރީނާ އަންނަނީ ޚާއްސަ ޑައެޓެއް ފޮލޯ ކުރަމުންނެވެ. އޭގެ އިތުރުން ގަވާއިދުން ޔޯގާ ވެސް ކުރިއަށް ގެންދެއެވެ.

ބަނޑުބޮޑުވި ފަހުން ކަރީނާގެ ބަރުދަން 18 ކިލޯ އިތުރުވި ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު 'ވީރޭ ދީ ވެޑިންގ' ގެ ކުރިން 19 ކިލޯ ލުއި ކޮށްލަން އޭނާ ވަނީ އަމާޒު ހިފައިފައެވެ.