ބިދޭސީންތަކެއް ދިރިއުޅޭ މ. ގުލްހަޒާރުގޭގައި ހުރި ގޭސްފުޅިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރޯވި އަލިފާން ގަނޑު އެމްއެންޑީއެފުން މިހާރު ނިވާލާފައިވާ އިރު ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އެގޮތުން އެގޭގެ ސީލިންގުގައި ރޯވެ އަނދާފައިވާ އިރު ގޭގެ ބޭރުން ފެންނަން ހުރި ކުޑަދޮރުތައް ވެސް ވަނީ އަނދައިފަ އެވެ.

ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ނުވާ ކަމެއް ވެސް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އެސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.