މިސްޓަ މޯލްޑިވްސް މުބާރާތް އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ ގޮތައް ނިންމައި ޓައިޓަލް ސްޕޯންސަރެއް ހަމަޖައްސައިފިއެވެ.

ތަފާތު ތަކަކާ އެކު މި އަހަރު ކުރިއަށްގެންދާ އެ މުބާރަތުގެ ޓައިޓަލް ސްޕޯންސަރަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުވެސް އެ މުބާރަތުގެ ޓައިޓަލް ސްޕޮންސަރ އޭޑިކޭ ޖެނެރަލް ޓެރޭޑިންގް އިން ރާއްޖެ އެތެރެކުރާ " ބޭޑްލެބް" ބްރޭންޑެވެ.

އިއްޔެ ބޭއްބި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ޓައިޓަލް ސްޕޯންސަރާއި މިސްޓަރ މޯލްޑިވްސް ކުރިއަށްގެންދާ ޗޮޕް އާޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިދިޔަ އަހަރު ބޭއްވި އެ މުބާރާތުގެ ޓައިޓުލް ވިނާއަކީ މުހައްމަދު ރަޝީދެވެ. "ފަސްްޓް ރަނަރަޕް " އަކީ ޝާހިން އިބްރާހިމްއެވެ. "ސެކަންޑް ރަނަރަޕް" އަކީ މުހައްމަދު މޫސާއެވެ.
މުބާރާތުގެ ފިޒިކް ކެޓަގަރީގެ އެއްވަނައަކީ ފާލިހް މުހައްމަދުއެވެ. "ފަސްްޓް ރަނަރަޕް" އަކީ އަހްމަދު ސަލީމްއެވެ. "ސެކަންޑް ރަނަރަޕް" އަކީ އިސްމާއިލް ޝުއާއު އެވެ.

މިދިޔަ އަހަރުގެ މުބާރަތުގައި ޖުމުލަ 17 ބޮޑީ ބިލްޑަރަކު ވާދކޮށްފައިވާއިރު ވޭތުވެދިޔަ އަހަރު އެ މުބާރާތައް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެންގޮސްފައެވެ.