04 Jul 2017, 12:32
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފިއެވެ.
އެ މައްސަލާގައި ފާރިސް ކޯޓަށް ހާޒިރުކޮށް ލިޔެކިޔުންތައް ހަވާލު ކޮށްފައިވާއިރު، ފާރިސްގެ ވަކީލަކަށް ހަމަޖައްސާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.
މިއަދު ފާރިސް ކޯޓަށް ހާޒިރުވެފައިވަނީވެސް އޭނާގެ ގާނޫނީ ވަކީލާ އެކީގަ އެވެ.
ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ، ޕީޕީއެމްގެ ދިދަ އޭނާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެ މައްސަލަ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.