07 Jul 2017, 15:11
ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ކައިވެނި ހަފްލާއިން ބާކީވި ކާބޯތަކެތި ޗެރިޓީއަށް ހަދިޔާކޮށްފިއެވެ.
ގަރުނުގެ އެންމެ ބޮޑު ކައިވެނީގެ ގޮތުގައި ފާހަގަކޮށްލެވޭ މެސީގެ ކައިވެނިން ބާކީވި ކާބޯތަކެތި ޗެރިޓީއަށް ހަދިޔާކުރިކަން ކަށަވަރުކޮށްދިނީ ރޮޒެރިއޯ ފުޑް ބޭންކްގެ ޑިރެކްޓަރު ޕަބްލޯ އަލްގްރެއިންއެވެ.
މިދިޔަ ހަފްތާގައި މެސީ ވަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ އެންޓޮނެލާ ރޮކޫޒޯއާއެވެ. އޭނާއަކީ މެސީގެ ދެ ދަރިން ކަމަށްވާ ތިއާގޯއާއި މެޓީއޯގެ ވެސް މަންމައެވެ. މެސީގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އޭނާގެ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮޒެރިއޯގައެވެ.
ގިނަ ފުޓްބޯޅަ ތަރިންތަކެއް ބައިވެރިވި މެސީގެ ކައިވެނީގެ ހަފްލާއިން ބާކީވި ކާބޯތަކެތި އިސްރާފު ކުރުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެ ހަފްލާއިން ބާކިވި ކާބޯތަކެތި ޗެރިޓީއަށް ހަދިޔާ ކުރުމަށެވެ.
"އަހަރެމެންގެ ސްޓޯރަށް އެ ހުރިހާ އެއްޗެއްސެއް އައުމުން މިހާރު އެ އެއްޗެހި ކޮންޓްރޯލް މިކުރަނީ އަހަރެމެން. އެއީ ސީދާ ކިހާ އަދަދެއްގެ ކާބޯތަކެތި ކަމެއް ބުނާކަށް އަހަރެމެންނަކަށް ނޭނގޭ. ކައިވެނީގެ އޯގަނައިޒަރުން ކައިރީ އަހަރެމެން ބުނެފައިވާނެ ލުއި ބުއިންތަކާއި ލުއި ކާނާތައް ބަހައްޓާނަމޭ. އެކަމަކު އަހަރެމެން ރަލުގެ އާލާތްތައް އެގޮތަށް ބޭނުންނުވާތީ އެ އެއްޗެއްސަށް ނަގަނީ ފައިސާ ދީފައި،" ރޮޒެރިއޯ ފުޑް ބޭންކްގެ ޑިރެކްޓަރު އަލްގްރެއިން ބުންޏެވެ.
މެސީ ވަނީ ކައިވެންޏަށްފަހު، ބާސާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރާ ހަމައަށް އާކޮށްފައެވެ. ކުރިން ބާސާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ ގޮތަށް އޮތީ އަންނަ އަހަރުގެ ތެރޭގައެވެ.