07 Jul 2017, 18:46
މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި މިއަދު ހަވީރު ކުޅުނު ދެ މެޗުގެ ތެރެއިން އއ. މާޅޮހުން ށ. މިލަންދޫގެ މައްޗަށް ކުރި ހޯދިއިރު ސ. ފޭދޫ އަދި ތ. ތިމަރަފުށި ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ތިމަރަފުށި އަދި ފޭދޫ އެއް ވަރުވީ ދެޓިމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ށ. މިލަންދޫގެ މައްޗަށް މާޅޮހުން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ގްރޫޕް އެކެއްގައި ހދ. ކުޅުދުއްފުށްޓާއި ބ. އޭދަފުށި ބައްދަލުކުރި މެޗާއި، ގްރޫޕް ދޭއްގައި ގދ. ތިނަދުއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗު ވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އޭދަފުށްޓާ ދެކޮޅަށް ކުޅުދުއްފުށީ ކުޅުނު މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާއިރު، އެ މެޗުގައި އޭދަފުށިން ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އޭދަފުށްޓަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
ިއއްޔެ ހަވީރު ތިނަދުއާއި އޭދަފުށި ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، އެ މެޗުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ތިނަދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.
ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ކުޅުދުއްފުށްޓާއި އޭދަފުށީގެ އިތުރުން ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. ގްރޫޕް ދޭއްގައި ތިނަދު އާއި ކުޑަހުވަދޫގެ އިތުރުން ދެން ހިމެނެނީ އައްޑޫ ސިޓީ ފޭދޫ އަދި ތ. ތިމަރަފުށްޓެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ.