09 Jul 2017, 12:16
ދ. އަތޮޅު ނިޔާމަ ރިސޯޓުން ސްނޯކުލީނަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ގެނބިގެން މަރުވެފައި ވަނީ 28 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.
ނިޔާމަ ރިސޯޓާއި ހަވާލާދީ އޮފިޝަލް ވިދާޅުވީ ފަތުރުވެރިޔާ ސްނޯކުލީނަށް ގޮސްފައި ވަނީ އިއްޔެ ހެނދުނު ކަމަށާއި އޭނާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނިކޮށް ފެނިފައިވަނީ މެންދުރު 2:00 ކަންހާއިރު ފަޅު ތެރޭގައި މަރުވެފައި އޮތްވާ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ގެނބިގެން އަންނަނީ މަރުވަމުންނެވެ.