ޓީވީގެ ގިނަ އަދަދެއްގެ ތަރިންނާ އެކު ދިހަ ވަނަ ޒީ ގޯލްޑް އެވޯޑްސް ހަފްލާ ބާއްވައިފިއެވެ.

ޖުލައި ހަތަރު ވަނަ ދުވަހު މުމްބާއީގައި ބޭއްވި އެވޯޑު ހަފްލާގައި އެންމެ ޝަރަފުވެރި އެވޯޑުތައް ގެންގޮސްފައި ވަނީ 'ޔޭ ހޭ މޮހައްބަތޭން' ގެ ޖޯދު ދިވްޔަންކާ ތުރިޕަތީ ދާހިޔާ އާއި ކަރަން ޕަޓޭލް އަދި 'ނާގިން 2' ގެ ބަތަލާ މޯނީ ރޯއީއެވެ.

އަހަރުގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑު ގެންދިޔައީ ކަރަން އާއި ދިވްޔަންކާއެވެ. އަދި އެންމެ މޮޅު ޖޯޑުގެ އެވޯޑު ވެސް ގެންދިޔައީ ދިވްޔަންކާ އާއި ކަރަންއެވެ.

އަހަރުގެ އެންމެ މަގުބޫލު މޫނަކަށް ހޮވުނީ މޯނީއެވެ. އަދި ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެކްޓަރަކަށް ހޮވުނީ ވެސް މޯނީއެވެ.

މި އަހަރު ވަނީ އެންމެ 'ފިޓް' އެކްޓަރުންގެ ކެޓަގަރީއެއް ވެސް ތައާރަފުކޮށްފައެވެ. އެންމެ ފިޓް ފިރިހެން އެކްޓަރަކީ 'ސާތު ނިބާނާ ސާތިޔާ' ގެ އެކްޓަރު މުހައްމަދު ނާޒިމްއެވެ. އެންމެ ފިޓް އަންހެން ފަންނާނަކީ 'އިޝްގްބާޒް' ގެ ބަތަލާ ސުރްބީ ޗަންދްނާއެވެ.

އެހެނިހެން އެވޯޑުތައް:

  • ނެގެޓިވް ރޯލަކުން އެންމެ މޮޅު އެކްޓްރެސް:އަދާ ޚާން (ނާގިން 2) އަދި ރިދީ ދޯގްރާ (ވޯ އަޕްނާ ސާ)
  • ނެގެޓިވް ރޯލަކުން އެންމެ މޮޅު އެކްޓަރު:ވިކާޒް މަނަކްތާލާ (ގުލާމް)
  • ނެގެޓިވް ރޯލަކުން އެންމެ މޮޅު އެކްޓްރެސް (ޕޮޕިއުލާ):އަނިތާ ހަސްނަންދަނީ (ޔޭ ހޭ މޮހައްބަތޭން)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް:ޕްރާޗީ ޝާހް (ސްވާބިމާން)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް (ޕޮޕިއުލާ):ޕަރޫލް ޗައުހާން (ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ)
  • އެންމެ މޮޅު ޗައިލްޑް އާޓިސްޓު:ކާރްތިކޭ މާލްވިޔާ (ޝާނީ)
  • އެންމެ މޮޅު ހޯސްޓު:ރިތުވިކް ދާންޖާނީ