11 Jul 2017, 16:54
އަލަށް ބޭނުންކުރަން ފަށާ ދެ ރުފިޔާގެ ލުއި ފައިސާ ފޮތީގެ ދެވަނަ ސްޓޮކެއް އިއްޔެ ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަހަރުގެ މެއި މަހުގެ ފަހުކޮޅުވެސް ވަނީ ދެ ރުފިޔާގެ އާ ފޮތީގެ ސްޓޮކެއް ޖަހައިގެން ގެނެސްފައެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ރުފިޔާގެ ފައިސާ ފޮތިތައް ޖަހައިގެން ގެނެސް، ދައުލަތުގެ ޚަޒާނާގައި އިއްޔެ ރައްކާކޮށްފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުގެ ތަރުޖަމާނު މަންސޫރު ޒުބައިރު މަންސޫރު ޒުބައިރު "ސަން"އަށް ވިދާޅުވި ގޮތުގައި، އަލަށް ނެރޭ ދެ ރުފިޔާގެ ލުއި ފައިސާ ފޮތިތަކުގެ ދެވަނަ ސްޓޮކެއް ގެނެސްފައިވާ އިރު، މި ފައިސާ ފޮތި ރަސްމީކޮށް ނެރުން ވަރަށް އަވަހަށް އޮންނާނެއެވެ.
އެހެން ނަމަވެސް ކަނޑައެޅިގެން ވަކި ތާރީޚެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. ހަމައެކަނި އެނގެނީ މިހާރު ބޭނުންކުރާ ދެ ރުފިޔާއަށް ވުރެ މި ފޮތިތައް ލުއިވާނެ ކަމެވެ.