މާލެއިން މުދާ ބަރުކޮށްގެން އައްޑޫ ސިޓީ އަށް ދަތުރުކުރަމުން ދިޔަ، "ބެޔާންޑާ 5" ކިޔާ މުދާ އުފުލާ ދޯންޏެއް ވ. އަލިމަތާ ރިސޯޓް ކައިރީ އޮތް ގިރިއަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެހާދިސާ ހިނގައިގެން ރޭ 3:30 އެހާކަންހާއިރު ރިޕޯޓް ކުރުމުން ޑައިވިންޓީމަކާ އެކު ކޯސްޓުގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އައިލެންޑް އެކްސްޕްރެސްގެ 90 ފޫޓުގެ އެ ދޯނި ފަރަށް އެރިއިރު ދޯނީގައި ދިވެއްސަކާއި 11 ބިދޭސީން ތިއްބެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ މިހާރު ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.