އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ "ރަމަޟާން ބާޒާރު"ގެ ނަސީބުވެރިން ހޮވައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގައި މިއަދު ވަނީ، ރަމަޟާން ބާޒާރުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައެވެ.

ކޮންމެ 1،000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުގައި ހޮވުނު ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ވަނީ މިއަދު ދީފައެވެ.

އެއްވަނައަށް ހޮވުނު މުހައްމަދު ފިރާގެވެ. ދެވަނައަށް ހަސޮން ކޯ ހޮވުނު އިރު، ތިންވަނައަށް އަބްދުﷲ ސައިސް، ހަތަރުވަނައަށް މުހައްމަދު ރަބިން މިއާ އަދި ފަސްވަނައަށް އަބްދުލް ރައޫފް ވަނީ ހޮވިފައެވެ.

މި ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި ސަންލެންޑް ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ ދެ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓާއި އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގްގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒަކާއި، ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއާ ފްރަޔާ، ޕްރޮޖެކްޓަރު އަދި އިތުރު އިނާމްތައް ހިމެނެއެވެ.

މި ހުރިހާ އިނާމެއްގެ އަގު، ތިން ލައްކަ ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.