އައިއެސްގެ ދަށުން މޫސުލް މިނިވަން ކުރުމަށް ކުރި ދިގު ހަނގުރާމައަށް ފަހު މޫސުލް ސިޓީ ވަނީ ފުނޑުފުނޑު ވެފައެވެ. ކުރިން އައިސިސްގެ ވެރިރަށުގެ ގޮތުގައި އޮތް އެ ސިޓީ އަލުން އާރާސްތުކުރުމަކީ މިއިން ޒަމާނަކުވެސް ނުދެކޭ ފަދަ އުނދާގޫ މަސައްކަތެކެވެ.

އދ.ގެ ޕްރީއެލިމިނާރީން އަންދާޒާ ކުރާގޮތުގައި ހުޅަނގު މޫސުލްގެ މީހުންއުޅޭ 54 ސަރަހައްދުގެ ތެރެއިން ފަނަރަ ސަރަހައްދެއް ވަނީ ގާތްގަނޑަކަށް އެއްކޮށް ހަލާކުވެފަ އެވެ. އަދި 23 ސަރަހައްދެއް ފުދޭވަރަކަށް ހަލާކުވެފައިވާއިރު، އެކިވަރުގެ ކުދިކުދި ގެއްލުންތައް 16 ސަރަހައްދަކަށް ވަނީ ލިބިފައެވެ.

" މޫސަލްގައި މިހާރު އެކައްޗެއްވެސް ނެތް. އަހަރެމެންނަށް ކާންބޯން ކުރާނެ މަސައްކެތެް ނެތް. ގެއެއް ނެތް. ދެން އަވަށްޓެރިން އެކަކު އެނެކަކަށް ވަރަށް އެހީތެރިވޭ،" މޫސަލްގައި ދިރިއުޅޭ މުސްތަފާ ކިޔާ މީހަކު ބުންޏެވެ.

ޔޫއެންޑީޕީން އިރާގަށް ކަނޑައަޅަައިފައިވާ ސަފީރު އިރާގުގެ ރޫޑޯ ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ހާލާކުވެ ވީރާނާ ވެފައިވާ މޫސަލްގެ އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމަށް އެންމެ މަދުވެގެން ވެސް 700 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ޔޫއެންޑީފީން މިހާރު ވެސް ގެންދަނީ އިރާގު ސަރުކާރާ ގުޅިގެން އެއްހާސް ޕްރޮޖެކްޓް މޫސުލްގައި ހިންގަމުންނެވެ. އޭގެ ސަބަބުން މޫސުލްގައި ވަޒީފާތައް އުފެދި އެސިޓީ ދޫކޮށް ދިޔަ މީހުން އަލުން އަނބުރާ އައުމަށް އެހީތެރިވެދޭނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މޫސުލް އަލުން އާރާސްތުރުމަށް ޓަކައި އެމެރިކާއިންވެސް އދ. މެދުވަރިކޮށް އެހީ ދިނުމަށް ވަނީ ހަަމެޖެހިފައެވެ.

އައިއެސްގެ ދަށުން މިނިވާން ކުރުމަށް ކުރި ހަނގުރާމައިގަައި މޫސަލްގެ އެންމެ ބޮޑު ހޮސްޕިޓަލް އިބްނު އަލް އަތީރު އަށް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އޭގެ އިތުރުން އެހަނގުރާމައިގައި މުުސުލްގެ ވަރަށް ގިނަ ސްކޫލުތައް ހަލާކުވުމުގެ ސަބަބުން ގިނަ ކުދިންނަށް ސްކޫލަށް ދިޔުމުގެ ދޮރުތައް ވެސް ވަނީ ބަންދުވެފައެވެ.