ޗައިނާ ސަރުކާރުން ޔޫތު މިނިސްޓްރީއަށް 22700 ޑޮލަރު (350261 ރުފިޔާ) ހަދިޔާކޮށްފި އެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ޑޮލަރުގެ ޗެކް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަން ލިޖޯންގް އެވެ.

ޑޮލަރާ ހަވާލުވެވަޑައިގަތީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ޗެކު ހަވާލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.