އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އިދާރާތަކާއި، ކަމާބެހެ ފަރާތްތަކާއި ބައްދަލުކޮށް އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ސަޓާ އިންތިޒާމްކޮށް ކުރިޔަށްގެންދާ ހައިރައިޒުން ބުނީ، ސަޓާގެ ގާލާ އިވެންޓް އައްޑޫ ސިޓީގައި ބޭއްވުމަށްޓަކައި ހައުސިން މިނިސްޓްރީ، އެމްއެންޑީއެފް ސަދާން އޭރިއާ، މޯލްޑިވްސް ޕޮލިސް ސާވިސް، ފެނަކަ، އައްޑޫ ސިޓީ ކައުންސިލް، ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި އެމްޕީއެލްގެ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާކަމަށެވެ.

އެ ބައްދަލުވުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މިފަހަރުގެ ސަޓާ އިވެންޓް ކާމިޔާބު ކަމާއެކީގައި ކުރިޔަށް ގެންދިއުމަށް މަޝްވަރާކޮށްފައިވާކަމަށް ހައިރައިޒުން ބުންޏެވެ. އަދި މި އިވެންޓް ފުރިހަމަކަމާއި ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖަކީ ރާއްޖޭގައި މިފަދަ އިވެންޓްތަށް ކުރިޔަށް ގެންދިއުމަށް އެންމެ ހާއްސަ ތަނުގެ ގޮތުގައި ފާހަގަ ކުރެވިގެންދާނެކަމާށް ވެސް ހައިރައިޒުން ބުންޏެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.