މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިން ހިއްކުމުގެ މަސައްކަތް ހަތް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ހުޅުލެއާއި މާލެއާއި ދޭތެރޭ އަޅާ ބުރިޖާއި ހުޅުމާލެ ގުޅުވާލަދޭ މަގު ހެދުމަށް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެެވެ.

އެޗްޑީސީ އާ އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ އެމަގުގެ މަސައްކަތް 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.