29 Sep 2017, 21:03
ކުރުދިސްތާނުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިރާގުގެ ކިބައިން މިނިވަންވުމާ މެދު ފެންނަ ނުފެންނަ ވޯޓަށްފަހު އެ ސަރަހައްދަށް ބައިނަލަގްވާމީ ފްލައިޓުތައް ހުއްޓާލައިފައިވާތީވެ ކުރުދިސްތާނުގެ ޓްރެވަލް އޭޖެންސީތަކުން އދ. ގެ އިމާތާރުގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފިއެވެ.
އިރާގުގެ ކިބައިން މިނިވަންވުމަަށް އެ ގައުމުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވަރަށް ފުރިހަމަ އަޣުލަބިޔަތަކުން ކުރުދީން ވަނީ އާނއެކޭ ބުނެފައެވެ.
ވޯޓަށް ފަހު އިރާގުގެ ސަރުކާރުން ވަނީ އެ ސަރަހައްދުގެ އެއާޕޯޓުތައް ވަގުތުން އިރާގުގެ ސަރުކާރާ ހަވާލުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދީފައެވެ. އީރާނުން ކުރުދިސްތާނަށް ފުލައިޓްތައް ހުއްޓާލައިފައި ވާއިރު ތުރުކީ އިން ވެސް ވަނީ ކުރުދިސްތާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ ކުރުދިސްތާނުން އެ ވޯޓް ބާތިލް ނުކުރާހާ ހިނދަކޫ ކުރުދީ ސަރުކާރާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމަކަށް ނުދާނެއެވެ.
ކުރުދިސްތާނުގެ ޓްރެވަލް އޭޖެންސީތަކުގެ ސްޕޯކްސްޕާސަން ވިދާޅުވިގޮތުގައި ދަތިކުރުުމުގެ ފިޔަވަޅުތަކުގެ ސަބަބުން 400 ޓްރެވަލް އޭޖެންސީގެ މަސައްކަތްތައް ހުއްޓި 7000 މުވައްޒަފުންނަށް އޭގެ އަަސަކުރާނެއެވެ.
އޭނާ ވިދާޅުވީ އެ ފިޔަވަޅަކީ ކުރުދިސްތާނުގެ އެންމެނަށް އަދަބު ދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން އެ ސަރަހައްދުން ބޭރަށް ސިއްހީ ފަރުވާއަށް ދާ މީހުންނަށް އޭގެ އަސަރު ކުރާނެ ކަމަށާއި އަދި ބޭރުގައި ކިޔަވާ ކުދިން ދަތުރު ކުރުން ވެސް ހުއްޓިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރާގު ސަރުކާރުން ވަނީ އެ ވޯޓަކީ ގާނޫނީ ގޮތުން ސައްޙަ ވޯޓެއް ނޫން ކަމަށެވެ. އަދި ބައިނަލަގްވަމީ ގިނަ ފްލައިޓް އޮޕަރޭޓަރުން ބުނީ އިރާގުގެ ސަރުކާރުގެ ނިންމުންތަކަށް ބޯލަނބާނެކަމަށެވެ. ގަތަރު އެއާވޭސް އިން ވެސް ބުނީ މިއަދުން ފެށިގެން ފްލައިޓުތައް ހުއްޓާލާނެ ކަމަށެވެ.