30 Sep 2017, 15:48
އަލްކައުނުން ބޭއްވި ތިން މުބާރާތެއްގެ ނަތީޖާ ރޭ ފާޅުކޮށްފި އެވެ.
އިއްޔެ ހަވީރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި ބޭއްވި އެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ.
އެ ތިން މުބާރާތަކީ އަަލްކައުން ކުޑަކުދިންގެ ޤުރްއާން މުބާރާތް، އެންސީއޭ އަލްކައުން މަދަޙަ މުބާރާތް ރަންއަޑުގެ އިތުރުން އަލްކައުން އިންޓާ ސްކޫލް ޤުރްއާން މުބާރާތް 1438 އެވެ.
އަލްކައުނު ކުޑަކުދިންގެ ގުރުއާން މިބާރާތުގެ ދެގޮފިން ތިން އުމުރުފުރާއެއް ވާދަކޮށްފައިވާ އިރު އަލްކައުނު އިންޓާ ސްކޫލް ގުރުއާން މުބާރާތުގެ ވެސް ތިން އުމުރުފުރަކުން ވަނީ ވާދަކޮށްފަ އެވެ.
ދެ ގޮފި ވަކި ވަކިން ވަނަތައް ހޮވާފައިވާ އިރު އަލްކައުނު ކުޑަކުދިންގެ ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދައިފައި ވަނީ މިޝްކާ މުސްތަފާ ހުސައިން އެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއް ވަނަ ހާސިލްކުރި ދަރިވަރަކީ އާއިޝަތު އަފާ އަސްލަމެވެ.
އެންސީއޭ އަލްކައުން މަދަޙަ މުބާރާތުން އެއްވަނަ އާއިޝަތު އަފްނާން ޝަރީފް ހޯދައިފައިވާ އިރު އަލްކައުނު އިންޓާ ސްކޫލް މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައި ވަނީ މުހައްމަދު ނަބީހު ރާޝިދު، މަސަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ.
އަލްކައުނު މަދަޙަ މުބާރާތުން އެއްވަނަ ދަރިވަރު އާއިޝަތު އަފްނާން ޝަރީފް
ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ސީއެޗްއެސްއީގެ ދަރިވަރު ުމުޙައްމަދު ޝައްފާން ސުލައިމާން ވަނީ ހޯދައިފަ އެވެ.
މުޅިމުބާރާތުން ދެގޮފިއެއްކޮށް އެއް ވަނަ އަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގޮސްފައިވާ އިރު ދެވަނަ މަޖީދިއްޔާ ސްކޫލް ވަނީ ހޯދައިފަ އެވެ. ތިންވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސްކޫލެވެ.