30 Sep 2017, 20:54
މާރާމާރީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ރޭ ހައްޔަރުކުރި އަށް މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެމީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ތޫނު ހަތިޔާޜު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ގެއްގުޅުމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން އަންނަނީ އާންމުގޮތެއްގައި އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް މުއްދަތު ދެމުންނެވެ.
ކްރިމިނަލް ކޯޓުން މުއްދަތު ޖެހިނަމަވެސް ޖުވެނައިލް ކޯޓުން ވަނީ ރޭ ހައްޔަރުކުރި ހަތަރު ކުޑަކުދިން ދޫކޮށްލާފައެވެ. އެއީ ޖީސިކްސް ކެފޭ ތެރެއިން އިސްމާއިލް ހަމްދާނަށް ތޫނު އެއްޗަކުން ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މާރާމާރީ ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ. އެމީހުން ހައްޔަރުކުރީ މާރާމާރީ ހިންގަން ބޭނުންކުރި ސާމާނާއެކު، އެތަކެތި ނައްތާލަން މަސައްކަތް ކުރަމުންދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.