ރާއްޖެ އަށް އައިސްފައިވާ ތަރައްގީގެ ސަބަބުން ބޭރު ގައުމުތަކުގެ އިސްވެރިން އަޖައިބުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލ. ލިންކު ރޯޑުގައި ބަހުގެ ޚިދުމަތް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީ ވަނީ ވަރަށް ހަލުވި މިނެއްގައި ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަންނަ އެހެން ގައުމުތަކުގެ އިސްވެރިން ރާއްޖެއާ މެދު ހައިރާންވެ އަޖައިބު ވާކަމަށެވެ.

"ބޭރު ގައުމުތަކުގެ ސަފީރުންނާއި، ބޭރު ގައުމުތަކުގެ ވެރިންނާއި، ބޭރު ގައުމުތަކުގެ މިނިސްޓަރުންނާއި، ބޭރު ގައުމުތަކުގައި އެއް ޒަމާނެއްގައި ވެރިކަން ކޮށްފައި ތިބި މީހުންވެސް މިއަދު ރާއްޖެ އައިސް އަޖާއިބުވެ އަންތަރީސް އެވަނީ އެމީހުންނަށް އެއް ޒަމާނެއްގައި ދިވެހި ރާއްޖެ ދުށް ގޮތް ނުވަތަ އަޑުއިވުނު ގޮތާ މިއަދު މުޅި ރާއްޖެ ތަފާތު ވާތީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ގިނަ ގުނަ ޕްރޮޖެކްޓްތަކެއް ހިނގަމުންދާއިރު ލ. އަތޮޅުގައި ފެށި ބަހުގެ ޚިދުމަތަކީ ރާއްޖޭގައި މިހާރު ދެވޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްކަމަށެވެ. ބަހުގެ ޚިދުމަތާއެކު ގިނަ ވަޒީފާގެ ފުރުސަތެއް ލ. އަތޮޅުގައި ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޚުވިއެވެ. ތަނަވަސްވެގެންދާނެކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ލ. އަތޮޅުގައި ހިލޭ ބަހުގެ ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ފުރަތަމަ ބޭނުންކުރާނީ ހަތަރު ބަހެވެ. އެއީ 50 ފަސިންޖަރުންގެ ޖާގައިގެ 2 ބަހާއި 30 ފަސިންޖަރުންގެ ޖާގައިގެ 2 ބަހެވެ.