ތުންފަތުގެ ކުލަ އަލިކޮށް، ތުންފަތް ރީތިކޮށް ބެހެއްޓުމަށް ގޭގައި ވަރަށް ފަސޭހައިން ސްކްރަބްއެއް ތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެ އެވެ. މިއީ ޒީނަތްތެރިވުމަށް ތަފާތު އެކްސްޕެރިމެންޓް ކުރާ ފަރާތްތަކަށް ގޭގައި ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާނީ ކާސްޓާ ޝުގާ (އާދައިގެ ހަކުރުވެސް ބޭނުން ކުރެވިދާނެ)، މާމުއި އަދި ގްލިސަރިންއެވެ. ގްލިސަރިިންގެ ބަދަލުގައި ކޯން ސިރަޕްވެސް ބޭނުން ކުރެވިދާނެ އެވެ.

އާދައިގެ ހަކުރަކީ ކާސްޓާ ޝުގާއަށްްވުރެ ފުށް ބޮޑު އެއްޗަކަށްވުމުން ސްކްރަބް ތައްޔާރު ކުރުމަށް އާދައިގެ ހަކުރު ބޭނުން ކުރާނަމަ، މިކްސަރުން ކުޑަކޮށް މުގުރާލަންވާނެ އެވެ. ހަކުރުކޮޅުތެރެއަށް މާމުއި އަދި ގްލިސަރިން/ކޯން ސިރަޕް އަޅާ އެއްކޮށްލާށެވެ. ސްކްރަބް ތައްޔާރުކުރާއިރު ބޭނުން ކުރާނީ މޭޒުމަތީ ސަމްސަލެއްގެ ހަކުރެވެ. ސިރަޕް އަދި މާމުއިގެ އަށެއްކަ ތިކި ޖައްސާލާށެވެ. ސްކްރަބްކޮޅު ތަންކޮޅެއް ހިކިހެން ހީވާނަމަ ގިނަކޮށްލެވިދާނެއެވެ. މޭޒުމަތީ ސަމްސަލެއްގެ ހަކުރުން ތައްޔާރުކުރާ ސްކްރަބް ގާތްގަނޑަކަށް މަސް ދުވަހު ބޭނުން ކުރެވޭނެއެވެ.

މި ސްކްރަބް ބޭނުންކޮށްގެން ދެދުވަހުން އެއްދުވަހު ނޫނީ ހަފްތާ އަކު ތިން ފަހަރު ތުންފަތް ސްކްރަބްކޮށްލާށެވެ. ތުންފަތް މަޑުވެ ރީތިވާނެއެވެ.

މަސްދަރު: ހެލްތް ޑައިޖެސްޓް