25 Oct 2017, 14:25
ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ ފިލްމް "ކްރިޝް4" 2019 ވަނަ އަހަރު ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކްރިޝް"ގެ ފެނިލުމުން ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ރިތިކް ރޯޝަން މި ފަހަރު ވެސް ފެންނާނެ ކަމަށާއި އޭނާ މިފަހަރު އެ ފިލްމުން ފެނިގެންދާނީ ދެ ރޯލަކުންނެވެ. ރިތިކް ފެނުމަށް ހަމަޖެހިފައި ވަނީ ހީރޯގެ ބައިންނާއި 'ވިލަން' އެއްގެ ބައިންނެވެ.
ރިތިކް ބުނީ އަބަދު ވެސް އެއް ފިލަމަކުން ދެ ރޯލެއް އަދާ ކުރާ ހިތްވާ ކަމަށާއި ކުރިން ވެސް އެކަހަލަ އެއް ފިލްމެއް ކުޅެފައި އިންނާނެ ކަމަށެވެ.
"ކްރިޝް4" އަކީ ބޮލީވުޑްގެ ސުޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.
ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް އެއްކޮށް ނިންމާލެވުނު ކަމިގައި ވިޔަސް ފިލްމް ރިލީޒްކުރާނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ޑައިރެކްޓަރު ބުންޏެވެ.
ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.