25 Oct 2017, 20:51
އިސްލާމްއާބާދު ( 25 އޮކްޓޫބަރު) -- ސައުދީއަރަބިއްޔާގެ ނުފޫޒާ ހެދި ހުއްޓިފައިވާ އިރާން-ޕާކިސްތާނުގެ ގޭސް ހޮޅި ޕްރޮޖެކްޓުގެ މަަސައްކަތް އަލުން ފަށަން ބޭނުންވާ ކަމަށް އިރާނުން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ އެކްސްޕްރެސް ޓްރިބިއުން އިން ބުނީ އެ ޕްރޮޖެކްޓްގެ މަސައްކަތް އަލުން ފެށުމަށް އިރާނުގެ ސަރުކާރުން ޕާކިސްތާނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އިރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޕްރޮޖެކްޓަށް ދުނިޔޭގެ ބޭންކްތަކުން ލޯނު ނުލިބޭނެ ކަމަށްބުނެ ޕާކިސްތާނުން ވަނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓައިލައިފައެވެ. ނަމަވެސް އިރާނުން ބުނީ އެއީ ދޮގެއް ކަމަށާއި އެކަން ކުރީ ސައުދީގެ ނުފޫޒު މާ ބޮޑަށް އެކަމަށް ވަނުމުގެ ސަބަބުންނެވެ.
ސައުދީގެ ޕްރެޝަރާ ހުރެ ޕާކިސްތާނުން ގޭސް އެތެރެކުރުމަށްޓަކައި އެހެން ޕްރޮޖެކްޓެއް ކަމަށްވާ ގްވަދާ އެލްއެންޖީ ޕައިޕްލައިން ޕްރެޖެކްޓެއް ފަށަން ސޮއި ވެސް ކުރިއެވެ.ނަމަވެސް އެ ޕްރްޖެކްޓް މާ އަގުބޮޑުކަމަށް ބުނެ ޕާކިސްތާނުން މިއަހަރު ކުރީކޮޅު ވަނީ ކެންސަލްކޮށްފައެވެ.
އެކްސްޕްރެސް ޓްރިބިއުން ނޫހުން ބުނި ގޮތުގައި ޕާކިސްތާން ސަރުކާރުން ގްވަދާ އެލްއެންޖީ ޕްރޖެކްޓް އަލުން ފަށަން މިހާރު ވަރަށް ބޮޑަށް ބޭނުންވެއެވެ. އަދި އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލައިފިނަމަ އެ ގޭސް ހޮޅި އިރާނާ ހަމައަށް ވެސް ގެންދެވިދާނެއެވެ.
އިރާނާ ހަމައަށް އެ ގޭސް ހޮޅި ނުގެންދެވުނު ކަމުގައި ވިޔަސް އެ ޕްރޮޖެކްޓު ވަރަށް ކާމިޔާބު ވާނެ ކަމަށް އިރާނުގެ އޮފިޝަލުން ދެކެއެވެ. ގްވަދާއަކީ އިރާނާ ވަރަށް ކައިރި ސަރހައްދަކަށް ވެފައި ގްވަދާގައި ވަރަށް ފުން ބަނދަރެއް ހަދައިފައިވުމުގެ ސަބަބުން ގޭސް ސިލިންޑަރުތައް އެއްބޯޓުން އަނެއް ބޯޓަށް ވަރަށް ފަސޭހައިން ގެންދެވޭނެއެވެ.
މަސްދަރު ( އެކްސްޕރެސް ޓްރިބިއުން ޕާކިސްތާން)