26 Oct 2017, 12:34
ދިވެހި ސިވިލް ސާވިސް ގަވައިދުގެ މޮބައިލް އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.
މިއަދު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމަރަމް ރިޓަޔާޑް ސައްޔިދު އަލީ ޚަވާރެވެ. މި އެޕްލިކޭޝަން ޑިޒައިންކޮށް ޑިވެލޮޕްކުރީ ސިވިލް ސާވިސް ކޮމިޝަންގެ އެޓާނީ އަލްއުސްތާޒު އާޔަތުﷲ ހުސައިންއެވެ.
މިއީ މުވައްޒަފުންނަށް ފަސޭހަކަމާއެކު ސިވިލް ސާވިސްގެ ގަވައިދު ބަލައިލެވޭނެ ގޮތެއް ފަހިކޮށްދިނުމަށް ތައްޔާރު ކުރި އެޕްލިކޭޝަނެއް ކަމަށް އާޔަތުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އާންމުކޮށް އަންނަ ކޯލު ތަކަކީ ސިވިލް ސާވިސް ގަވައިދާ ގުޅިގެން އަންނަ ކޯލްތައް. މި އެޕްލިކޭޝަން އާއެކު މި ކޯލްތަކުގެ އަދަދު މަދުވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" އާޔަތުﷲ ވިދާޅުވީ ގަވައިދަށް އަންނަ ބަދަކުތަކާއެކު އެޕްލިކޭޝަން އަޕްޑޭޓްވަމުންދާނެ ކަމަށެވެ.
ސިވިލް ސާވިސް ގަވައިދުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. މުސްތަގުބަލުގައި އައިފޯނުތަކަށް ހާއްސަކޮށްގެން އެޕްލިކޭޝަން ލޯންޗް ކުރާނެ ކަމަށް ސީއެސްސީ ޓްރެއިނިން އިންސްޓިޓިއުޝަނުން ބުނެއެވެ.