ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތަކަށް ޚާއްސަކޮށްގެންދޭ މަޓާޓޯ ޓްރެވަލްސް ގެސްޓްހައުސް އެޑިޝަންގެ އެވޯޑު ހަފްލާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކ. މާފުށީގައި ވަމުންދާކަމަށް އެ ޖަމްއިއްޔާ އިން ބުނެފިއެވެ.

މިރޭގެ އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ، މާފުށީ އެރެނާ ބީޗް ހޮޓެލް ކުރިމަތީގައި އޮންނަ ބޮޑު މޫދު ސަރަހައްދުގައެވެ.

މަޓާޓޯއިން ބުނީ، އެވޯޑު ހަފްލާ ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދަނީ އިވެންޓް މޯލްޑިވްސް އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޓީމެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

މަޓާޓޯ ޓްރެވަލްސް އެވޯޑުގެ ގެސްޓްހައުސް އެޑިޝަންގެ ހަފްލާއަށް ތައްޔާރު ކުރާ ސްޓޭޖް -- ފޮޓޯ/ މަޓާޓޯ

މާފުށީގައި މިރޭގެ ހަފްލާ ބޭއްވުމަށްޓަކައި އެރަށު ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާކަން މަޓާޓޯއިން ފާހަގަރެއެވެ. އަދި އެކަމުގައި ހައުސިން މިނިސްޓްރީގެ އެހީތެރިކަން ލިބޭ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ފުރަތަމަ ފަހަރަށް މަޓާޓޯއިން ޓްރެވަލް އެވޯޑުގައި ގެސްޓްހައުސް ތަކަށް ވަކިން އެޑިޝަނެއް ކަނޑައަޅައި އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު 15 ކެޓަގަރީ އަކުން މިރޭގެ ހަފްލާގައި ގެސްޓްހައުސް ތަކަށް އެވޯޑު ހަވާލުކުރާނެއެވެ.