31 Oct 2017, 11:07
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ 210 މިލިއަނަށް އަރައިފި އެވެ.
އެކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގައި އެކުންފުންޏަށް ލިބުނު އާމްދަނީ 651 މިލިއަން ރުފިޔާ އަށް އަރަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 626 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 209 މިލިއަން ރުފިޔާ އެވެ.
މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން އެކުންފުނީގެ ހިއްސާއަކަށް މިދިޔަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77 ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ 2.75 ރުފިޔާ އެވެ.
ދިރާގުން ވަނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ވެސް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އާ ޙިދުމަތްތައް ތައާރަފްކޮށްފަ އެވެ. އެގޮތުން ދިރާގު ޕޭގެ ނަމުގައި އިލެކްޓްރޯނިކް ވޮލެޓް ތައާރަފް ކުރުމާއި ޑިޖިޓަލް ޕްލޭން އެއް ތައާރަފްކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.