ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފިއެވެ.

ދިރާގު ހެޑް އޮފީސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސެމްސަންގް ގެލެސީ ނޯޓް 8 ގެ ފޯނު ނެރެދެއްވީ ދިރާގުގެ ހެޑް އޮފް މާކެޓިން އިޒަބެލް ހަޖްރީއެވެ.

ސެމްސަންގް ގެލެސީ ނޯޓް 8 ޕްރީ އޯޑަރު ނެގުމަށް ހުޅުވާލަމުން އިޒަބެލް ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ފޯނުތައް އެންމެ ފުރަތަމަވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.

އިޒަބެލް ވިދާޅުވީ، މިއަދު ޕްރީ އޯޑަރު ނެގުމަށް ހުޅުވާލި ސެމްސަން ގެލެކްސީ ނޯޓަކީ ދިރާގުން އެންމެ ފަހުން އަލަށް ތައާރަފް ކުރި ޕޯސްޓްޕެއިޑް ބޭނުން ކުރުމަށްވެސް އެންމެ އެކަށޭނެ ފޯނެއް ކަމަށެވެ.

ސެމްސަންގް ނޯޓް 8 ގެ ފޯނަށް ޕްރީއޯޑާ ކުރުމަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި އިޒަބެލް ހަޖްރީ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުން ސެމްސަންގް ނޯޓް 8 ގެ ފޯނު އިންސްޓޯލްމަންޓަށާއި އެއްކޮށް ފައިސާ ދައްކާފަ ގަންނަ އުސޫލުންވެސް ވިއްކައެވެ. އެގޮތުން އިންސްޓޯލްމަންޓް އުސޫލުން ފޯނު ގަންނަނަމަ ފުރަތަމަ 2،999 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި 12 ބާރަ މަހަށް ބަހާލައިގެން މަހަކު 1،059 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި އެއްކޮށް ފައިސާ ދައްކާފައި ގަންނަ ނަމަ ފޯނު ވިއްކާ އަގަކީ 15،499 ރުފިޔާކަމަށްވެސް ދިރާގުން ބުންޏެވެ.

ސެމްސަންގް ނޯޓް 8 ވިއްކާއިރު ހިލޭ ވަޔާލެސް ޖާޖަރަކާއެކު ހަމަސް ދުވަހުގެ ހިލޭ ހަ ޖީބީ ޑޭޓާ ލިބޭނެކަމަށް ދިރާގުން ބުންޏެވެ. އޮންލައިންކޮށް ޕްރީ އޯޑަރު ކުރެވޭއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޕްރީ އޯޑަރު ކޮށްގެން ދިރާގުން ސެމްސަންގް ނޯޓް 8 ގެ ފޯނު ގަނެވޭނެ ކަމަށް ދިރާގުން ބުންޏެވެ.