ކައި ނިމޭގޮތަށް ފެން ވެރުމާއި މާބޮޑަށް ހީ ސަކަރާތްޖެހުމަކީ ކުރުން އެހާރަނގަޅު ކަމެއް ނޫން ކަމަށް މަންމަމެން އަބަދު ވެސް ނަސޭހަތްދެ އެވެ. ލިބިދާނެ ސިއްހީ ގެއްލުމަކުން ރައްކާތެރިވުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައި ނިމޭ ގޮތަށް ކޮށްގެން ނުވާނެ ދެތިންކަމެއް ފާހަގަ ކޮށްލާނަމެވެ.

1. ސައިބުއިން:

ކެއުމަށް ފަހު ސައިތައްޓެއް ނުބޮއި ހިތްހަމަ ނުޖެހޭ މީހުން އުޅެއެވެ. ނަމަވެސް މިއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސައިފަތުގައި އެކުލެވޭ އެސިޑްގެ ސަބަބުން ކާއެއްޗެހި ހަޖަމުކުރުން ލަސްވެ އެވެ. ކެއުމަށް ފަހު ސައިބޯން ވާނީ ގަޑިއެއްހައިރު ކޮށްފަ އެވެ.

2. މޭވާ ކެއުން:

ކެއުމަށް ފަހު ޑެޒާޓެއްގެ ގޮތުގައި މޭވާ ކެއުމަކީ ވެސް އާންމު ކަމެކެވެ. ނާސްތާ އަށް ފަހު މޭވާ ކާނަމަ، ކޭ އެއްޗެއްސާއެކު މޭވާތައް ވެސް ހަޖަމު ނުވެ ބަނޑުތެރޭ ހުންނާނެ އެވެ. މޭވާ ކާނަމަވެސް ކެއުން ރަނގަޅީ ނާސްތާއަށް ފަހު އެއްގަޑިއިރު ފަހުންނެވެ. ނޫނީ ކެއުމުގެ ކުރިންނެވެ. ހެނދުނު ނާސްތާއަކަށް މޭވާ ކެއުން ރަނގަޅެވެ. ދުވާލުގެ މަސައްކަތުގައި އުޅޭ އިރު ހަށިގަނޑުގައި ހަކަތަ ހުންނާނެއެވެ.

3. ފެންވެރުން:

ކާގޮތަށް ފެންވެރުމަކީ ހަޖަމުގެ ނިޒާމަށް އަސަރުކުރާނެ ކަމެކެވެ. ނާސްތާ ނަގާގޮތަށް ފެންވެރުމަކީ ހަށިގަނޑުގެ ބައެއް ސަރަހައްދުތަކުގައި ލޭ ދައުރު ކުރާ މިންވަރު އިތުރުވާނެ ކަމެކެވެ.

4. ހިނގުން:

ކައި ނިންމުމަށް ފަހު ހިނގަންވާނީ ބައިގަޑިއެއް ނޫނީ ދޮޅު ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންނޫން ނަމަ ހަޖަމު ކުރުމުގެ ނިޒާމަށް އޭގެ އަސަރު ކުރާނެ އެވެ.

5.ނިދުން:

ކައި ނިމޭގޮތަށް ނިދާނަމަ ގޭސްޓްރިކް މައްސަލަތައް ދިމާވާނެ އެވެ. އެއީ ނިދާފައި އޮންނައިރު ކޭ އެއްޗެހި ހަޖަމު ނުވާނެތީ އެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް