18 Nov 2017, 13:09
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު މިރޭ އިފްތިތާހު ކުރާނެ އެވެ.
މިކަމަށްޓަކާ މިރޭ "ހިޔާ"ގެ ނަމުގައި ހުޅުމާލެ ފޭސް2ގައި ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މީގެ ކުރިން އެޗްޑީސީ އިން ބުނެފައި ވަނީ ހިޔާ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބިންގާއެޅުމަށް ހަމަޖެހިފައި ވަނީ ކިތައް ހައުސިން ޔުނިޓް ކަމެއް ބުނަން އުނދަގޫ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އިތުރުން ސަރުކާރުން މިހާރު ފަށާފައިވާ 15000 ހައުސިންގް ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.