މި މަހުގެ ހަތް ވަނަ ދުވަހު އއ. އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވެ، ލިބުނު ގެއްލުމުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި 200 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުގެ ބަދަލުގައި 300 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވައިފި އެވެ.

އުކުޅަސް އިންޖީނުގޭގެ ފިއުލް ޝެޑްގައި ރޯވެ، އެރަށުގައި ބޭނުންކުރި ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

https://web.facebook.com/stelcomaldives/posts/1703558803051952

އުކުޅަހު އިންޖީނުގެ ހިންގަމުން އަންނަ ސްޓެލްކޯ އިން ބުނީ އުކުޅަހަށް 300 ކިލޯ ވޯލްޓްގެ ޖެނެރޭޓަރެއް ގެންގޮސްފައިވާ ކަމަށާއި ޖެނެރޭޓަރު އިންސްޓޯލްކޮށް މި ހަފްތާ ނިމެންވާއިރަށް ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށެވެ.

އުކުޅަހު އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ 112 ކިލޯ ވޮޓުގެ ޖަނަރޭޓަރަކާއި 300 ކިލޯ ވޯޓްގެ ޖަނެރޭޓަރެކެވެ. އެ ރަށަކީ އާންމު ގޮތެއްގައި އެންމެ ބާރު ބޮޑު ވަގުތުތަކުގައި 280 ކިލޯ ވޯޓްގެ ކަރަންޓް ބޭނުން ކުރާ ރަށެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.