22 Nov 2017, 10:05
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ބޮލީވުޑްގެ އެންމެ ކުޅަދާނަ ބަތަލު ޝާހް ރުކް ހާނާ އެކީ ލަވައެއް ކުޅެން ބޭނުންވާ ކަމަށް ބުނެފިއެވެ.
"ހިންދީ ފިލްމްތައް ބަލަން ކޮންމެވެސް ވަރަކަށް. ވަރަށް ކަމުދޭ ފިލްމްތައް ގެނެސްފައި ހުންނަ ގޮތުން. ވަރަށް މޮޅު އެމީހުން ފިލްމް ހަދާލެއް. އަހަރެން ވަރަށް ބޭނުން ބޮލީވުޑްގައި މަސައްކަތްކޮށްލަން. ޝާހް އާ އެކީ މަސައްކަތްކޮށްލަން،" އޭނާ ބުންޏެވެ.
އޭނާ ވަނީ ދާދި ފަހުން "ޑިވައިޑް ޓުއާ" އަށް އިންޑިއާއަށް ގޮއްސައެވެ. އިންޑިއާ ސިފަ ކުރާނީ ކިހިނެއްތޯ މީޑިއާ އަކުން ސުވާލުކުރުމުން އޭނާ ބުނީ އިންޑިއާ އަކީ އޭނާގެ 'ފޭވަރިޓް' އެއް ތަން ކަމަށާއި އެތަނުގެ ސަގާފަތް ވެސް ނުހަނު ކަމުދާކަމަށެވެ.
ޝީރަން ވަނީ އިންޑިއާއަށް ގޮސް ބޮލީވުޑްގެ ކުޅަދާނަ ކޮރިއޮގްރަފާ އަދި ޑައިރެކްޓަރު ފަަރާ ޚާން ހުށައެޅި ޕާޓީއަކަށް، މަޝްހޫރު ގިނަ ތަރިންތަކަކާ އެކީ ގޮސްފައެވެ.