09 Dec 2017, 14:37
މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ ދެވަނަ އޮޑިޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެވަނަ ސަރަހައްދު، ރ. އުނގޫފާރުގައި އޮޑިޝަން ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު އޮޑިޝަން ފެށިފައިވާއިރު އޮޑިޝަން ކުރިއަށް ދަނީ އުނގޫފާރު ސްކޫލުގައެވެ.
ޕީއެސްއެމްގެ ސީނިއާ މާކެޓް އެގްޒެކެޓިވް މަރިޔަމް ނުޒުހަތު މިއަދު ސަންއަށް ވިދާޅުވީ، މިއަދު އޮޑިޝަން ފެށިފައިވާ ކަމަށާއި މާދަމާގެ ނިޔަލަށް އޮޑިޝަން ކުރިއަށް ދާނެ ކަމަށެވެ.
"އައިޑަލްގައި ބައިވެރިވާން ނަންނޯޓް ނުކުރެވި ތިބި ކުދިންވެސް ހަމަ ސްކޫލަށް އައިސް ނަން ނޯޓް ކޮށްލުމަށްފަހު އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ. އުމުރުން 30-16 އަހަރުގެ ކޮންމެ ޒުވާނަކު ވެސް ބައިވެރި ވާންވީ،" އޭނާ ވިދާޅުވިއެވެ.
Attention! Attention!#Ungoofaaruis all set and ready for R.Atoll Audition. How about u all??#MaldivianIdol
Open Audition Today at Ungoofaaru School.@Dhiraagu@alliedmv@MaldivianAero@VillaCollegeMv@VB_Brotherspic.twitter.com/3dPwJNBZIg— Maldivian Idol (@Maldivian_Idol)December 9, 2017
ނުޒުހަތް ވިދާޅުވީ، އޮޑިޝަން ފެށިގެން ކުރިއަށް ދާއިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޒުވާނުން އޮޑިޝަނަށް އައިސްފައި އެބަ ތިބި ކަމަށާއި އެ ކުދިންނަށް ހިއްވަރު ދިނުމުގެ ގޮތުންވެސް އެ ކުދިންގެ އާއިލާއާއި ރަހުމަތްތެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށެވެ.
މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ރ. އުނގޫފާރު އަދި މާލެ ސިޓީގައެވެ.
އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.