11 Dec 2017, 18:28
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.
ރެއާލުން މި މުބާރާތުގެ ގްރޫޕް ސްޓޭޖު ނިންމައިލީ އެ ޓީމު ވާދަކުރި ގްރޫޕް 'އެޗް'ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޕީއެސްޖީން ވަނީ އެ ޓީމު ވާދަކުރި ގްރޫޕް 'ބީ'ގެ އެއްވަނަ ހޯދައިފައެވެ.
ރެއާލާ ޕީސްއެސްޖީ ވާދަކުރާ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.
މުބާރާތުގެ ގަދަ 16ގައި ދެން އެންމެ ފާހަގަ ކޮށްލެވޭ މެޗަކަށް އިނގިރޭސި ޗެމްޕިއަން ޗެލްސީއާއި ސްޕެއިންގެ ބާސެލޯނާ ބައްދަލުކުރާ މެޗެވެ. ބާސާއިން ގްރޫޕް ޑީގެ އެއްވަނަ ހޯދިއިރު، ޗެލްސީއަށް އެ ޓީމު ވާދަކުރި ގްރޫޕް 'ސީ'އިން ލިބުނީ ދެވަނައެވެ. މި މެޗުގެ ފުރަތަމަ ލެގު ކުޅޭނީ ޗެލްސީގެ ދަނޑުގައެވެ.
އެންމެ ފަހުގެ ރަނަރަޕް ޔުވެންޓަސް އަށް ގަދަ 16ގައި ވާދަކުރަން ޖެހޭނީ ރެއާލް ބަލިކޮށް ގްރޫޕް 'އެޗް'ގެ އެއްވަނަ ހޯދި އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާއެވެ. މީގެ އިތުރުން ޖަރުމަނުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިޔުނިކް ކުޅޭނީ ތުރުކީގެ ޗެމްޕިއަން ބެޝިކްޓާސް އާއެވެ.
ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ގަދަ 16ގައި ނިކުންނަން ޖެހޭނީ ބާސެލްއާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސެވިއްޔާ ކުޅެން ޖެހިފައިވާއިރު ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ ޕޯޓޯއާއެވެ.
މުބާރާތުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13، 14، އަދި 20، 21ގައެވެ.