އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް (ސީޑީއެސްއެސް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގައުމީ ޔުނިވާސިޓީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޑީއެސްއެސްއިން އެމްއެންޔޫއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ އަދި ސީޑީއެސްއެސްއާއި އެމްއެންޔޫ ގުޅިގެން އެކިއެކި ރިސާޗްތަށް ހެދުމާ ގުޅޭގޮތުން ވަނީ މަށްވަރާކޮށްފައެވެ.

އެމްއެންޔޫގެ އިސް ބޭފުޅުންނާއި އެކު ދިފާޢީ ވަޒީރު ބޭއްވި ބައްދަލުކުރެއްވެވުމުގައި ސީޑީއެސްއެސްގެ ކޮމާންޑިން އޮފިސާ ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި ސީޑީއެސްއެސްގެ އިސް އޮފިސަރުންނާއި އެމްއެންޔޫގެ ޗާންސެލާ ޑރ. މުޙައްމަދު ލަތީފާއި ވައިސް ޗާންސެލާ ޑރ. ޢަލީ ފަވާޒާއި ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީންއާއި ރަޖިސްޓްރާ ޑރ. ސަޢުދުﷲ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.