ކާމިޔާބު އެކްޓަރު ސިދާތު މަލްހަތުރާ ޑައިރެކްޓް ކުރާ ފިލްމް "ހިޗްކީ"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ރާނީ މުކަރްޖީ އިސް ރޯލެއް އަދާ ކުރާ ފިލްމްގެ ޓްރެއިލާއިން ދައްކުވައިދެނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ.

"މި ފިލްމަކީ ހާއްސަ ފިލްމެއް. މި ފިލްމުން އެނގިގެންދާނެ ކޮންމެ ކަހަލަ ބައްޔެއް ހުއްޓަސް ވެސް އެ މީހެއްގެ އަމިއްލަ ހުވަފެން ކާމިޔާބު ކުރެވޭނެކަން. ހަމަ އެކަނި އެ ހުވަފެން ކާމިޔާބު ކުރުމަށް ބޭނުންވާނީ ހިތްވަރު. ކެރިގެން ކާމިޔާބު ވާނީ. ފިލްމް ބަލާލުމުން ވަރުގަދަ މެސެޖެއް އެންމެންނަށްވެސް ލިބިގެންދާނެ،" ރާނީ ބުންޏެވެ.

މަނީޝް ޝަރްމާ ޕްރޮޑިއުސްކޮށް އުފައްދާ މި ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ.

އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްކީ ކޮންމެހެންވެސް ބަލާލަން ވާނެ ފިލްމެއް ކަމަށް ސިދާތް ވަނީ ބުނެފައެވެ.